ޢީދު ކަޕް، “އިޓްސް އޯކޭ” އާއި ވާދަކޮށް “ކޮޅުކެހި” ޓީމް މުބާރާތް ކާމިޔާބުކޮށްފި

ކޮޅުކެހި

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ނާލާފުށީގައި ކުޅުނު ބަށި މުބާރާތުގެ ފައިނަލްމެޗް މިއަދު ކުޅެފިއެވެ. މި މެޗްގައި ވާދަކޮށްފައިވަނީ އިޓްސް އޯކޭ އާއި ކޮޅުކެހި ޓީމެވެ. މިއަދު ހެނދުނު 09:00ގައި ކުޅެވުނު މި މެޗް 17 ލަނޑު، 22 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ކޮޅުކެހި ޓީމެވެ. ފައިނަލް މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކޮޅުކެހި ޓީމްގެ ކެޕްޓަން އަމީޒާ އެވެ.

އިޓްސް އޯކޭ

އިޓްސް އޯކޭ

މުބާރާތުގެ މެޗްތަކަށް ބަލާއިރު ފުރަތަމަ ކުޅެވުނު މެޗްގެ ކުއީން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ވެސް ކޮޅުކެހި ޓީމްގެ ކެޕްޓަން، އަމީޒާ އެވެ. ދެވަނަ މެޗްގެ ކުއީން އަކީ އިޓްސް އޯކޭ ޓީމްގެ ވައިސް ކެޕްޓަން، ވަޒްދާ އެވެ. ތިން ވަނަ މެޗްގެ ކުއީން އަކަށް ހޮވުނީ ކޮޅުކެހި ޓީމްގެ ކެޕްޓަން، އަމީޒާ އެވެ. ހަތަރުވަނަ މެޗާއި ފަސްވަނަ މެޗްގެ ކުއީންކަން ލިބިފައިވަނީ މިސްރާބު ޓީމްގެ ޝިނާ އަށެވެ. އަދި ހަވަނަ މެޗްގެ ކްއީން ކަން ލިބުނީ އިޓްސް އޯކޭގެ ކެޕްޓަން ޒާރާއަށެވެ.

މުބާރާތުގެ އެހެން ވަނަތަކަށް ބަލާލާއިރު މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާކަން ހޯދާފައިވަނީ ކޮޅުކެހި ޓީމްގެ ކެޕްޓަން އަމީޒާ އެވެ. އެއީ 440ބޯޅަ ޖަހައިގެންނެވެ. އެންމެ މޮޅު ހިފުންތެރިޔާގެ މަގާމް ލިބިފައިވަނީ 92 ބޯޅަ ހިފި ކޮޅުކެހި ޓީމްގެ ޒުހުދާ އެވެ. މުޅި މުބާރާތުގެ ބަށީގެ ރާނީ އަކަށް ހޮވިފައިވަނީ ކޮޅުކެހި ޓީމްގެ ކެޕްޓަން އަމީޒާ އެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *