ޝަކީރާ ދެ ވަނަ ދަރިފުޅަށް ބަނޑު ބޮޑުވެއްޖެ

ނިއު ޔޯކް (29 އޯގަސްޓް)- މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އިސަބެލް މެބަރަކް ދެ ވަނަ ދަރިފުޅަށް ބަލިވެއިން ކަން އިއުލާނުކޮށްފި އެވެ.

ކޮލަމްބިޔާއަށް ނިސްބަތްވާ މިހާރު އުމުރުން 37 އަހަރުގެ ޝަކީރާ އޭނާގެ ދެ ވަނަ ދަރިފުޅަށް ބަނޑު ބޮޑުވިކަން އިއުލާނުކޮށްފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖާއި ޓްވިޓާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ޝަކީރާ ބަނޑުބޮޑުކަން ހާމަކޮށް މެސެޖް ލިޔެފައިވާ އެކައުންޓް ތަކަކީ އޭނާގެ އަސްލު އެކައުންޓުކަން ކަށަވަރު ކަމަށް އޭޕީގައި ލިޔެފައިވެ އެވެ.

“އާނ، އަހަރެމެންގެ ދެ ވަނަ ދަރިފުޅުގެ އުންމީދުގައި މި ތިބީ!! އެންމެންގެ ހެޔޮ އެދުންތަކަށް ޝުކުރުވެރިވަން،” ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ ލިޔެފައިވެ އެވެ.

=ސަންއޮަންލައިން=

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *