ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނާލާފުށީގައި ބަށި މެޗެއް ކުޅެފި

ނާލާފުށީ ބަށިޓީމް ކޮޅުފުށީ ބަށިޓީމާއެކު ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުވެރިކަމުގެ ބަށި މެޗެއް ކުޅެފިއެވެ. މި ބަށި މެޗް ކުޅެފައިވަނީ ނާލާފުށީ ބަށި ކޯޓުގައެވެ. މެޗް ފަށާފައިވަނީ މިއަދު މެންދުރުފަހު 01:00 ގައެވެ. މެޗްގެ ފުރަތަމަ އިނިންގްސް ނިމުނުއިރު ނާލާފުށީ ޓީމުން ކުޅެން އަރާވަނީ 12 ލަނޑު ދީފައެވެ. ކޮޅުފުށީ ޓީމަށް މި އިނިންގްސް ގައި ދެވުނީ 14 ލަނޑެވެ. މެޗް ނިމުނުއިރު ނާލާފުށީ ޓީމަށް ކާމިޔާބު ކުރެވިފައިވަނީ 27 ލަނޑު 0 ފޯއްޔެވެ. އަދި ކޮޅުފުށީ ޓީމަށް ކާމިޔާބުކުރެވުނީ 26 ލަނޑު 7 ފޯއްޔެވެ.

މިމެޗްގެ އެންމެ މޮޅު ޖެހުންތެރިއަކަށް ހޮވިފައިވަނީ ނާލާފުށީ ޓީމްގެ ޖާޒީ ނަންބަރު 7 އަމީޒާ އެވެ. އަދި އެންމެ މޮޅު ހިފުންތެރިއަކަށް ހޮވިފައިވަނީ ކޮޅުފުށީ ޓީމްގެ ޖާޒީ ނަންބަރު 6 ޝާހީނާ އެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *