ޓީޗަރުންގެ ދުވަހުގައި ބޭއްވި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މިއަހަރުގެ އޮކްޓޯބަރު 5ވަނަ ދުވަހު ޓީޗަރުންގެ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ބޭއްވުނު މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. މިރޭ 08:30 ގައި ނާލާފުށީ ޕްރީސްކޫލް ހޯލްގައި އޮތް މި ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ނާލާފުށީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަލީ ސަލީމް އެވެ.

DSC_0074

މި ހަފްލާގައި ވަނީ މުބާރާތުގެ ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްފައެވެ. މިގޮތުން ގްރޫޕް މަދަހައިގެ 1 ވަނަ ހޯދައިފައިވަނީ އަޙްމަދު ގްރޫޕްއެވެ. 2 ވަނަ އަށް ހޮވުނީ ނާލާފުށީ ސްކޫލްގެ ޓީޗަރުން ހުށައަޅައިދިން މަދަހައެވެ. އަދި 3 ވަނަ އަށް ގޮސްފައި ވަނީ ގްރޭޑް 2 އަދި 3ގެ ބެލެނިވެރިން ހުށައެޅި މަދަހައެވެ. މުޅި މަދަހަ މުބާރާތަށް ބަލާލާއިރު، މުޅި މުބާރާތުގެ ފަހުރުވެރި 1ވަނަ ހޯދާފައިވަނީ ނިއުމާ އަޙްމަދެވެ. 2ވަނަ ހޯދައިފައިވަނީ މައުރޫފް އަބްދުއް ސަމަދެވެ. އަދި 3ވަނަ ހޯދައިފައި ވަނީ ސައީދާ މުޙައްމަދެވެ. މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ވަނީ ބައިވެރިވި ކަމުގެ ހަނދާނީ ލިޔުމެއް އަރުވާފައެވެ. އަދި ހަމަ އެހެންމެ މުބާރާތުގެ ޖަޖްކަން ކޮށްދެއްވި 3 ފަނޑިޔާރުންނަށް ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *