ސާކު ޤަޢުމުތަކުގެ އިލެކްޝަން ކޮމިޝަންގެ އިސްވެރިން ނާލާފުއްޓަށް ވަޑައިގަންނަވައިފި

ފޯރަމް އޮފް ދި އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތް އޭސިޔާ (ފެެމްބޯސާ)ގެ 6 ވަނަ ބައްދަލުވުން ނިންމާލެއްވުމަށް ފަހު ސާކް 8 ގައުމުގެ އިލެކްޝަން ކޮމިޝަންގެ އިސްވެރިން މިއަދު މެންދުރުފަހު 14:00ގައި ނާލާފުށްޓަށް ވަޑައިގެންފިއެވެ. މި ވަފުދަށް މަރުހަބާ ދެންނެވުމަށް މ.އަތޮޅު ކައުންސިލްގެ ރައީސް އާއި އެ ކައުންސިލްގެ މެންބަރުންނާއި ނާލާފުށި ކައުންސިލްގެ މެންބަރުންނާއި ނާލާފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަހައްދަށް ނުކުމެފައެވެ.

މި ވަފުދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަށުގެ ލަނގިރި ގްރޫޕްގެ ފަރާތުންވަނީ އައިޓަމްތަކެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ދަފިނެގުމާއި ފެންބޯސާގެ ބައްދަލުވުގެ ބައިވެރިންނަށް މަރުހަބާކިޔުމަށް ހާއްސަ ލަވަޔަކާއެކު ލަނގިރީގެ ހަރަކާތްތަކެއްވަނީ ހުށަހަޅާދީފައެވެ. އަދި މީގެ އިތުރުން ކާބަފައިން ޒަމާނުއްސުރެ މި އަދާ ޖެހެންދެން ރަށުގައި ކުރަމުންއަންނަ ބައެއް މަސައްކަތްތައްދައްކުވައިދޭ ސްޓޯލް ތަކެއްވަނީ ތައްޔާރުކޮށް އެބޭފުޅުންނަށް އެ މަސައްކަތްތައް ކުރަމުން އަންނަ ގޮތްވަނީ ދައްކުވައިދީފައެވެ.

 

ނާލާފުށީ ކައުންސިލްގެ ފަރާތުންވަނީ ސާކު އަށް ޤަޢުމުގެ އިލެކްޝަންކޮމިޝަންގެ އިސްވެރިންނަށް ޙާއްސަ ހަދިޔާއެއް ގޮތުގައި ލަކުޑި ކުޑަ ދޯންޏެއް އަރުވާފައެވެ. މި ދޯނިތައް ހަވާލު ކޮށްދެއްވީ މިވަގުތު ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި ކައުންސިލް މެންބަރު އަލްފާޟިލް މުޙައްމަދު ނަސީމްއެވެެ.

 

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *