ގްރޫޕް ‘ބީ’ ގެ އެއްވަނަ އަށް މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ

މ.އަތޮޅު ފުޓްބޯޅް މުބާރާތުގައި އިއްޔެ ރަތްމަންދޫ ޒުވާނުންގެ ޖަމްޢިއްޔާއާ ދެކޮޅަށް ކުޅެ 0-1 އިން މެޗް ކާމިޔާބުކޮށް މުލަކު އެކުވެރި ޒުވާނުންގެ ޖަމްޢިއްޔާ ގްރޫޕް ‘ބީ’ ގެ އެއްވަނަ މަގާމަށް އަރައިފިއެވެ. މި ނަތީޖާއާއި އެކު އެޓީމުންވަނީ ގްރޫޕް ‘ބީ’ ގައި މިހާތަނަށް ކުޅެވުނު ދެމެޗްވެސް ކާމިޔާބު ކޮށް ޖުމްލަ 6 ޕޮއިންޓް ހޯދާފައެވެ. އަދި ރަތްމަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އޮތީ މިހާތަނަށް ކުޅުނު 2 މެޗްގެ ތެރެއިން އެއް މެޗް ކާމިޔާބުކޮށް 3 ޕޮއިންޓާއެކު ގްރޫޕް ‘ބީ’ ގެ ދެވަނަ މަގާމުގައެވެ.
މި މެޗްގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާގެ ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމްގެ ޖާޒީ ނަންބަރ 07 އަހުމަދު ސައުދު (ޒަކީ) އެވެ. މި މެޗްގެ މޭން އޮފް ދަ މެޗް އަކަށް ހޮވިފައިވަނީ ރަތްމަންދޫ ޒުވާނުންގެ ޖަމްއިއްޔާގެ ޑިފެންޑަރ ޖާޒީނަންބަރު 21 ހުސައިން ފިރާގުއެވެ.
މި މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވަނީ ގްރޫޕް ‘އޭ’ ގެ މެޗެކެވެ. މި މެޗްގައި ބައްދަލުކުރާނީ މުލަކު އެކުރެވި ކުލަބާއި ކޮޅުފުށީ ޒުވާނުންގެ ޖަމްއިއްޔާއެވެ. މި ގްރޫޕް ގައި މިހާތަނަށް ކުޅެވުނު ދެ މެޗްވެސް ކާމިޔާބުކޮށް ޖުމްލަ 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައިވަނީ މުލަކު އެކުރެވި ކުލަބުގެ ޓީމެވެ. ކޮޅުފުށީ ޖުވާނުންގެ ޖަމްޢިއްޔާގެ ޓިމުން މިހާނަށް 2 މެޗް ކުޅެ 2 މެޗުންވެސް އެއްވަރު ވެފައިވާތީ ޖުމްލަ 2 ޕޮއިންޓާއެކު އެޓީމް އޮތީ މި ގްރޫޕްގެ 3 ވަނަ މަގާމުގައެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *