ގައްބެ ގެ ތާރީޙީ ދަތުރުގައި ނާލާފުއްޓަށް

ގައްބެދެ ދަތުރުގެ ތެރެއިން އިއްޔެ. ހަވީރު ފޮޓޯ

އިއްޔެ ހެނދުނު 10:30 ގައި މާލޭ އިއްޒުއްދީން ފާލަމުން ފުރައިގެން މުޅި ރާއްޖެ ވަށާ ކަތަމަރާއްޏެއްގަ ބުރު ޖެހުމަށް ނުކުތް ޢަބްދުލް ޤަފޫރު (ގައްބެ) މިއަދު ގާތްގަނޑަކަށް 13:30 ގައި ނާލާފުއްޓައް މަޑުކުރާނެ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ދަތުރު ކުރަމުންދަނީ ދިއްގަރު ކަނޑުގައެވެ.

ގާތްގަނޑަކަށް 23 ދުވަހުން މުޅިރާއްޖެވަށާ ބުރެއް ޖަހައި ނިންމާލެވޭނެކަމަށް ދަތުރަށް ފެށުމުގެ ކުރިން ގައްބެ ވަނީ ބުނެފައެވެ. ރޭގައި މަޑުކޮށްފައިވަނީ ވ. ކެޔޮދޫގައެވެ. އަދި މަޢުލޫމާތު ލިބޭގޮތުގައި މިއަދު ނާލާފުއްޓަށް މަޑުކުރުމަށް ފަހު މިރޭ މަޑުކުރުމަށް ހަމަޖެހިފައިވަނީ މ.ކޮޅުފުށީގައެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *