ދަނޑު ބޭރުގައި މެޗް ބަލަން ތިބި ނާލާފުށީ ޓީމް ފައިނަލަށް

މިއަދު ކުޅެވުނު މިނިވަން ޗެމްޕިއަންޝިޕްގެ މުބާރާތުގައި ވާދަކޮށްފައިވަނީ ވޭވަށު ފުޓްބޯޅަ ޓީމާއި މުލަކު ފުޓްބޯޅަ ޓީމެވެ. ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ މި މެޗް ނިމިގެން ގޮސްފައި ވަނީ 3 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން މުލައް މެޗް ކާމިޔާބޮކޮށްގެންނެވެ.

މުބާރާތުގެ މެޗް ތަކަށް ބަލާލާއިރު ނާލާފުށި ވަނީ މުލަކާއެކު ކުޅުނު މެޗުން 1، 0ކުން ބަލިވެފައެވެ. އަދި ވޭވަށާއި ކުޅުނު މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ. އެހެން ކަމުން 2 ގޯލްގެ ތަފާތުން މުލައް މެޗް ކާމިޔާބުކޮށްފައިވާތީ ފައިނަލަށް އިނދިކޮޅުން ގޮސްފައިވަނީ ނާލާފުށީ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވާ އަންގާރާ ދުވަހުއެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *