ފިތުރު ޢީދު ކުޅިވަރު

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ފިތުރު ޢީދު ފާހަގަކުރުމަށް ނާލާފުށީގައި ކުޅިވަރުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އަހަރުގެ ޢީދު ދުވަހުގައި ދެޖިންސުގެ މެދުގައި ކުޅެވޭ ތިންމުގޯލި މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހެނދުުނު 10:00ގައެވެ.

މީގެ އިތުރުން މިއަހަރު ބަށި މުބާރާތެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 4 ޓީމް ބައިވެރިވެފައިވާ މި ބަށި މުބާރާތުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހު މެންދުރުފަހު 12:45ގައެވެ. ކޮންމެދުވަހަކު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ އެއްޓީމު އަނެއް ޓީމާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލް ކުޅޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 1 ޖުލައި ވާ ހޮނިހިރު ދުވަހުއެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *