ފާއިތުވެދިޔަ ދެ ދުވަހު ނާލާފުށީގެ ކަރަންޓުގެ ހާލަތު

އިއްޔެއިންސުރެ ނާލާފުށީ ރައްޔިތުންނަށް ކަރަންޓުގެ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ. ނާލާފުށި އޮންލައިންއަށް މައުލޫމާތު ލިބޭ ގޮތުގައި…

ނާލާފުށީގައި ކަރަންޓް ދެމުން ގެންގޮސްފައިވަނީ 80 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 52 ކިލޯޥޯޓްގެ ޖަނަރޭޓަރެއް އެއްކޮށް ހިންގައިގެންނެވެ.

އިއްޔެ

10:05 – ފުރަތަމަ ކަރަންޓް ގޮސްފައިވަނީ އޭރު ކަަރަންޓް ދިނުމަށް ހިންގާފައިވާ 52 ކިލޯވޯޓްގެ އިންޖީނުގެ ލުބްއޮއިލް ފައުލްޓެއް ދެއްކުމަށްފަހު، ރަށުގެ އެއްފަޅިންނެވެ. އެފަޅިއަށް ކަރަންޓް ދިނުމަށްޓަކައި 52 ކިލޯވޯޓްގެ އިންޖީނު ހިންގުމަށް މަސައްކަތް ކޮށް، ދިމާވި މައްސަލައެއްގެ ސަބަބުން ވަނީ ނުހިންގިފައެވެ.

10:23 – 80 ކިލޯވޯޓްގެ އިންޖީނާއި، 40 ކިލޯވޯޓްގެ ގެ އިންޖީނު ބޭނުންކޮށްގެން މުޅި ރަށަށް ވަނީ ކަރަންޓް ދެވިފައި.

12:28 – 40 ކިލޯވޯޓް އިންޖީނުގެ ލުބްއޮއިލްގެ މައްސަލައެއް ދިމާވެ ރަށުގެ އެއްފަޅިން ކަރަންޓް ދިޔަ.

12:46 – ހަމައެކަނި 80 ކިލޯވޯޓްގެ އިންޖީނު ބޭނުންކޮށްގެން ރަށަށް ކަރަންޓް ދެވުނު. ކަރަންޓް ދެވިފައިވަނީ 30 މިނަޓުން ފަޅިއަކަށް ދޭގޮތަށެވެ.

16:15 – މުޅި ރަށަށް 80 ކިލޯވޯޓްގެ އިންޖީނު މެދުވެރިކޮށް ކަރަންޓް ދެވުނު.

19:38 – ލޯޑް މަތިވާތީ ރަށުގެ ހުރިހާ މަގު ބައްތި ތައް ނިންވާލެވުނު.

21:05 – 80 ކިލޯވޯޓްގެ ޓެމްޕަރޭޗަރ މަތިވެ މުޅި ރަށުން ކަރަންޓް ދިޔަ.

22:00 – އަލުން މުޅި ރަށަށް ކަރަންޓް ދެވުނު. ދިނީ 80 ކިލޯވޯޓްގެ އިންޖީނު ބޭނުންކޮށްގެން 30 މިނަޓުން 30 މިނަޓުން ފަޅިއަކަށް ދޭގޮތަށް.

22:47 – 80 ކިލޯވޯޓްގެ ޓެމްޕަރޭޗަރ މަތިވެ މުޅި ރަށުން ކަރަންޓް ދިޔަ.

މުޅި ރޭ އެއްކޮށް ކަރަންޓްގެ ހިދުމަތް ލިބިފައެއް ނުވޭ.

މިއަދު

ފަތިހު 04:30 ހާއިރު މަޑުއްވަރީގައި ހުރި 80 ކިލޯވޯޓްގެ އިންޖީނެއް ވަނީ ރަށަށް ގެނެވިފައި. އަދި ރަށުގައި ހުރި 80 ކިލޯވޯޓްގެ އިންޖީނުގެ ރޭޑިއޭޓަރ ސާފު ކުރުމަށް މުއްޔަށް ގެންދެވުނެވެ.

10:45 – ކަރަންޓް މުޅި ރަށަށް ދެވުނު، ދިނީ 80 ކިލޯވޯޓްގެ އިންޖީނު ބޭނުންކޮށްގެން 30 މިނަޓުން 30 މިނަޓުން ފަޅިއަކަށް ދޭގޮތަށް.

11:15 – 80 ކިލޯވޯޓްގެ ޖަނަރޭޓަރ ބޭނުންކޮށްގެން މުޅި ރަށަށް ކަރަންޓް ދެވުނު.

11:30 – 80 ކިލޯވޯޓްގެ ޓެމްޕަރޭޗަރ މަތިވެ މުޅި ރަށުން ކަރަންޓް ދިޔަ.

12:15 – ކަރަންޓް މުޅި ރަށަށް ދެވުނު، ދިނީ 80 ކިލޯވޯޓްގެ އިންޖީނު ބޭނުންކޮށްގެން 1 ގަޑިއިރުން 1 ގަޑިއިރުން ފަޅިއަކަށް ދޭގޮތަށް.

19:15 – މަޑުއްވަރީން ގެނެވުނު 80 ކިލޯވޯޓްގެ ޖަނަރޭޓަރާއި ނާލާފުށީގައި ހުރި 80 ކިލޯވޯޓްގެ ޖަނަރޭޓަރު ބޭނުންކޮށް މުޅި ރަށަށް މިހާރު ވަނީ ކަރަންޓް ދެވިފައި.

މިރޭ 20:30 ހާއިރު ތ.ބުރުނިން ގެންނަ 105 ކިލޯވޯޓްގެ ޖަނރޭޓަރ ނާލާފުށްޓަށް ގެނެވޭނެ ކަމުގެ މައުލޫމާތު ލިބޭ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *