ވޭވަށާއި އެކު ކުޅުނު މެޗް އެއްވަރުވެ، ނާލާފުށްޓަށް ފައިނަލަށް ދިއުމުގެ ޖާގަ ހަނިވެފައި

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި މިއަދު ހަވީރު ވޭވަށާއި އެކު ކުޅުނު މެޗް އެއްވަރުވެ، ނާލާފުށީ ޓީމަށް މުބާރާތުގެ  ފައިނަލަށް ދެވުމަށް އޮތް ޖާގަ ހަނިވެއްޖެއެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ނާލާފުށީ ޓީމް ވަނީ މުލަކު ޓީމާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. އެހެންކަމުން މިއަދުގެ މެޗް އެއްވަރުވެގެން ނިމުމުން ނާލާފުށީ ޓީމާއި ވޭވަށު ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވީއެވެ. ނާލާފުށީ ޓީމަށް ފައިނަލަށް ދެވެން އަންނަނީ މިމަހުގެ 8ވަނަ ދުވަހު ވޭވަށާއި މުލައް ބައްދަލުކުރާ މެޗް މުލައް 2 ލަނޑުގެ ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. އެ މެޗް އެއްވަރުވެގެން ނިމުނުކަމުގައި ވިޔަސް ވޭވަށު ޓީމް ފައިނަލަށް ދަތުރުކުރާނެއެވެ.

މިއަދުގެ މެޗަށް ބަލާލާއިރު 2 ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު ދެ ޓީމް ވަނީ 1، 1ކުން އެއްވަރުވެފައެވެ. މެޗްގެ ދެވަނަ ހާފް ފަށައި މާ ގިނުއިރުތަކެއް ނުވެ ނާލާފުށީ ޓީމުން އިތުރު 2 ލަނޑު ކާމިޔާބުކޮށް ނަތީޖާ 3، 1ކަށް ބަދަލުކޮށްލިއެވެ. ނަމަވެސް މެޗް ނިމުނު އިރު ވޭވަށު ޓީމުން ވަނީ 3، 3 ކުން އެއްވަރުކޮށްފައެވެ. ވޭވަށު ޓީމް ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗް ނިމެން 4 މިނެޓަށް ވެފައި ވަނިކޮށެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *