އެސްއީޒެޑުގެ ފައިދާ ކުރާނީ 20 އަހަރު ފަހުން: މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސުޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް) ބިލްގެ ފައިދާ ރާއްޖެ އަށް ކުރަނީ 20 ވަރަކަށް އަހަރު ފަހުން ކަމަށާއި އެ ބިލުގެ ފައިދާ ލިބޭނީ މިހާރުގެ ކުޑަކުދިން އަދި މާދަމާގެ ޒުވާނުންނަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑް ބިލު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވުމުގެ އުފަލުގައި، “ތަރައްގީ ޔަގީން، އަތޮޅުތަކަށް އެސްއީޒެޑް”ގެ ނަމުގައި ރޭ ކާނިވަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެސްއީޒެޑްގެ ބިލަކީ މިހާތަނަށް އެންމެ ބޮޑު ދިރާސާއެއްކޮށްގެން ހެދުނު އިގްތިސާދީ ބިލު ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުން މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖް އަޅާ، އިގްތިސާދީ “އަޖައިބު” ހާސިލުކުރާނެ ކަމަށެވެ.

=ސަންއޮންލައިން=

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *