އެމްޓީވީ ވީޑިއޯ އޮފް ދަ އިޔާގެ އެވޯޑް މައިލީ ސައިރަސް އަށް

ނިމިގެން ދިޔަ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑް ގެންދިޔައީ މައިލީ ސައިރަސް އެވެ. ވީޑިއޯ އޮފް ދަ އިޔާގެ ޝަރަފް ލިބުނީ މައިލީގެ ހިޓް ސިންގަލް، “ރެކިން ބޯލް” އަށެވެ.

އޭނާ މި އެވޯޑް ހާސިލުކޮށްފައި ވަނީ ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ ޖޭޒީ އަދި ފެރެލް ވިލިއަމްސް އާއި އިގީ އެޒޭލިއާ ފަދަ މަގްބޫލު ތަރިން ފަހަތަށް ޖައްސާލުމަށް ފަހު އެވެ. މައިލީގެ ލަވަ އަށް އެވޯޑް ލިބުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ.

މި އެވޯޑަށް ވާދަކުރި ބިޔޯންސޭ އާއި ޖޭޒީގެ ލަވަ އަކީ “ޑްރަންކް އިން ލަވް” އެވެ. ފެރެލް ވިލިއަމްސްގެ “ހެޕީ” އާ އެކު ދެން ވާދަކުރީ އެޒޭލިއާގެ “ފޭންސީ” އާއި ސިއާގެ “ޝެންޑަލިއާ” އެވެ.

ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް އަކީ ބެސްޓް ހިޕް-ހޮޕް ވީޑިއޯގެ އެވޯޑް ހާސިލުކުރި ފަންނާނެވެ. އެއީ “ހޯލްޑް އޮން )ވީއާ ގޮއިން ހޯމް(” އިންނެވެ.

ބެސްޓް ފީމޭލް ވީޑިއޯގެ އެވޯޑް “ޑާކް ހޯސް” އިން ކޭޓީ ޕެރީ އަށް ލިބުނުއިރު ބެސްޓް މޭލް ވީޑިއޯ އަކަށް ހޮވުނީ އެޑް ޝީރަންގެ “ސިންގް” އެވެ.

ބެސްޓް ރޮކް ވީޑިއޯގެ އެވޯޑް ގެންދިޔައީ އޮސްޓްރޭލިއާގެ ޒުވާން ލަވަކިޔުންތެރިޔާ ލޯޑް އެވެ. އެއީ އޭނާގެ ކާމިޔާބު ލަވަ “ރޯޔަލްސް” އިންނެވެ. އެ ލަވައާ އެކު އޭނާ ވަނީ މި އަހަރުގެ ޖެނުއަރީ މަހު ގްރެމީ ވެސް ހާސިލުކޮށްފަ އެވެ.

އެމްޓީވީ އެވޯޑްސް އެންމެ ފުރަތަމަ ދިނީ 1984 ވަނަ އަހަރު އެވެ.

ހަވީރު އޮންލައިން

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

އެއް ޚިޔާލު

  1. 1

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *