އެބޯލާ ފެތުރޭ ގައުމުތަކަށް ދިވެހިން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރެމުންދާ ގައުމުތަކަށް ދިވެހިން ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. 

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ޓްރެވެލް އެޑްވައިޒަރީއެއްގައި ބުނެފައި ވަނީ އެބޯލާ ފެތުރެމުންދާ ގައުމުތައް ކަމަށްވާ ގިނީއާއި ލައިބީރިއާއާއި ސިއެރަލިއޯންއާއި ނައިޖީރިއާ އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) އަށް އެއްވެސް ދަތުރެއް ނުކުރަން އިރުޝާދުދޭ ކަމަށެވެ. އަދި އެގައުމުތަކުގައި ދިވެހިން ފަރުވާތެރިވުމަށާއި އެއްތަނުން އަނެއް ތަނަށް ދިއުން މަދު ކުރުމަށް ވެސް މިނިސްޓްރީން ވަނީ އިރުޝާދު ދީފަ އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިއަދު ބުނެފައި ވަނީ އެބޯލާ ޖެހިގެން ހުޅަނގު އެފްރިކާގެ އެކި ގައުމުތަކުން ޖުމްލަ 1552 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދަކީ 3062 ކަމަށް ވެސް ބުންޏެވެ.

=ސަންއޮަންލައިން=

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *