އަޟްޙާ ޢީދުގެ ހަރަކާތްތަށް ފަށައިފި

ނާލާފުށީގައި ޢީދުގެ ހަރަކާތްތަށް ފަށާފައިވަނީ މިއަދު ހަވީރު 04:00ގައި އޮތް “ޢީދު ވެދުމާ ހިނގުން” މި ހަރަކާތުންނެވެ. މި ހިނގާލުމުގައި ޢީދު ކޮމިޓީގެ ފަރާތުން ވަނީ ރަށުގެ އެންމެހާ ގޭގެއަށް ޢީދު ހަދިޔާ ބަހައިފައެވެ. އަދި ޢީދު ހަރަކާތްތަށް ކުރިއަށް ގެންދާނެ ގޮތުގެ ޝެޑިއުލްވެސް ވަނީ ހަވާލުކޮށްފައެވެ.

 

ޢީދު ދުވަސް – ހެނދުނު: މިސްކިތުންބޭރު ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން. (މައުލޫމާތު ލިބޭ ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ޢީދު ނަމާދު މިސްކިތުގައި ކުރާގޮތަށް ވަނީ ހަމަޖެހިފައި)

ހެނދުނު: ޢީދު ނަމާދަށްފަހު ޢީދު ސަލަވާތް ކިޔެވުމަށް ގޭގެއަށް ހިނގުން.

ހެނދުނު (09:00): އެއްތަނެއްގައި ރައްޔިތުން ސައިފޮދު ބޭއްވުން.

ހެނދުނު (10:00): ވަލު ފޯލިކުޅުން.

ހަވީރު (05:00): ހަވީރު ފިރިހެނުންގެ މާލި ނެރުން.

ރޭގަނޑު: ރަށު މީހުންގެ ލަނގިރި ޝޯ.

 

ވަޅު ޢީދު ދުވަސް – ހެނދުނު (09:00): ތިންމުގޯލި މެޗެއް ކުޅުން. (އަންހެން ޓީމަކާއި ފިރިހެން ޓީމެއް)

މެންދުރުފަހު (01:00): ފެތުމުގެ ރޭސް.

ހަވީރު: ކުޑަކުދިންގެ ހަވީރު.

ރޭގަނޑު: މުލަކު ޑާންސް ގްރޫޕް ޝޯ.

 

ތިންވަނަ ޢީދު ދުވަސް – ހެނދުނު (09:00): ބަށި ކުޅުން (4 މެޗް: މުސްކުޅިންގެ މެޗް، ޒުވާނުންގެ މެޗް، ކުޑަކުދިންގެ މެޗް، އަންހެން ޓީމަކާއި ފިރިހެން ޓީމްގެ މެޗް)

މެންދުރުފަސް، ހަވީރު: މިނިވަން ފަންސާހުގެ ކުޅިވަރު ސެޓް.

ހަވީރު (05:00): ވޮލީ ކުޅުން (ފިރިހެން).

ރޭގަނޑު: އަންހެންވެރިންގެ މާލިނެރުން.

 

ހަތަރުވަނަ ޢީދު ދުވަސް – ހެނދުނު (09:00): ވޮލީ ކުޅުން (އަންހެން).

މެންދުރުފަހު (02:00): ފުޓްބޯޅަ ކުޅުން (އަންހެން).

ހަވީރު (04:00): ފުޓްބޯޅަ ކުޅުން (ފިރިހެން).

ރޭގަނޑު: ބޮޑުމަސް ނެރުން.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *