އަޑި ނޭނގޭ ޖަރީމާތަކުން ހާސްކަން ބޮޑުވަނީ!

ޑރ. އަފްރާޝީމް އަލީގެ ފުރާނަ ހަތަރު މިލިއަން ރުފިޔާ އިން އަގުކުރީ ސިޔާސީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ ކިރިޔާ މަރާނުލި އެތިފަހަރެއްގައި ހިލްއަތު ރަޝީދުގެ ކަރަށް ވަޅި ހެރީ ކޮން ބައެއް ހެއްޔެވެ؟ އަލްހާން ފަހުމީގެ ބުރަކައްޓަށް ހަމަލާދީ އެއް ފައިގެ ވާގި ދުއްވާލީ ކޮން މަގްސަދެއް ހާސިލްކުރަން ހެއްޔެވެ؟ ފަހުގެ ތާރީޚެއްގައި ދިވެހިންނަށް ކުރިމަތިވި މި ބާވަތުގެ އެންމެ ހައި ޕްރޮފައިލް ހާދިސާތަކުގެ އަޑިއެއް ނޭނގެ އެވެ. ވޭތުވެދިޔަ ދެ އަހަރު ނުހަނު ހާމަކަން ބޮޑުކޮށް ހިންގާފައިވާ އެ އަނިޔާވެރި ޖަރީމާތަކުގެ ހަގީގަތް ވަނީ ސިއްރުވެފަ އެވެ. މިހާރު، ނޫސްވެރިޔަކު ގެއްލުނު ގޮތުގެ ބޮޑު ހައިރާންކަމެވެ. ގައުމު އަނެއްކާވެސް ނޭނގުމެއްގެ ތެރޭގަ އެވެ. މި ހާސްކަން ކިތައް ހާދިސާ އަށް ދިގުދެމިގެން ހިނގައިދާނެ ހެއްޔެވެ؟

ކޮންމެހެން އެނގެން ޖެހޭ ކަންތައްތަކެއް
މާޒީ އަށް ބަލާ އިރު، މާރާމާރީ ހިންގުމާއި މީހުން މެރުމުގެ ފަހަތުގައި އޮންނަނީ ކޮންމެވެސް ޒާތީ ސަބަބެކެވެ. ރާއްޖޭގައި އެންމެ އާއްމުކޮށް މީހުން މަރަނީ ގޭންގްތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގައި ކަމަށް ވާއިރު އެއީ އެ މީހުންގެ ތެރޭގައި އޮންނަ ހަސަދަވެރިކަމާއި ބަދަލުހިފުންކަން އޮޅިފައެއް ނޯވެ އެވެ. އެފަދަ ހަމަލާތަކުގައި ބައެއް ފަހަރު “ނޭނގި” ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ކުށެއް ނެތް މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ. އެކަމަކު އެއީ ކީއްވެގެން ހިނގި ކަމެއްކަން ހާމަވެ އެވެ. މިހާރު މި އޮތީ މަންޒަރު ބަދަލުވެފަ އެވެ. ވަކި މީހަކަށް އަމާޒުކޮށްގެން ރޭވުންތެރިކަމާ އެކު ދޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. ފަހަތުގައި ވަނީ ކޮން ބައެއް ކަމެއް އަދި ކޮން ސަބަބުތަކެއް ކަމެއް ތިލައެއް ނުވެ އެވެ.

“ޖިސްމާނީ ގެއްލުން އޭގެ ތެރޭގައި ހިނގާފައި ހުންނަ، މިސާލަކަށް މީހުން މަރުވުމާއި ގެއްލުމާއި އެ ނޫން ވެސް އަނިޔާވެރި ކުށްތަކަށް އަރައިގަންނަނީ ކީއްވެގެންކަން، ކޮން ސަބަބުތަކެއް އޭގެ ފަހަތުގައިވާތީތޯ އެސްޓަބްލިޝް ނުވާ ކަމަށް ވަންޏާ، ކުރިއަށް އޮތް ތަނުގައި މީހުންނަށް ބިރުވެރިކަން ވަރަށް ބޮޑު. ބިރުވެރިކަން ބޮޑުވީމާ، އެއީ ކުށްކުރުމަށް ލިބިދޭ ވަރަށް ބޮޑު ހިތްވަރެއް،” ފުލުހުންގެ ޚިދުމަތުގައި އިސްކޮށް އުޅުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

=ހަވީރު އޮންލައިން=

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *