ބްލިންޑް ގެނައުމަށް އަޔެކްސްއާ އެކީ ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެ

އަޔެކްސް އަށް ކުޅެމުން އައި ހޮލެންޑްގެ ޑިފެންޑަރ ޑަލޭ ބްލިންޑް ގެނައުމަށް އަޔެކްސްއާ އެކީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުން ހާމަކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ބްލިންޑް ޔުނައިޓެޑަށް ބަދަލުވަނީ 14 މިލިއަން ޔޫރޯއަށް ކަމަށް ރިޕޯޓުތަށް ބުނެ އެވެ.

ލުއިސް ވެންހާލްގެ އިރުޝާދުގެ ދަށުން ހޮލެންޑްގެ ގައުމީ ޓީމުގައި ހިމެނިގެން އެންމެފަހުން ބޭއްވި ވޯލްޑްކަޕްގައި މޮޅު ކުޅުމެއްދައްކާފައިވާ ބްލިންޑް އަކީ ފުލްބެކް އަދި ޑިފެންސިވް މިޑްފިލްޑަރަކަށް ކުޅޭ ކުޅުންތެރިއެކެވެ.

ޔުނައިޓެޑުން ވަނީ މީގެކުރިން އެޓީމުގެ ޑިފެންސްލައިން އިތުރަށް ވަރުގަދަކޮށްލުމުގެ ގޮތުން އާޖެންޓީނާގެ ގައުމީ ޓީމުގައި ހިމެނިގެން ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި ރޯހޯ އަދި މިދިޔަ ސީޒަނުގައި ސައުތްހެމްޓަންގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ޑިފެންޑަރު ލޫކް ޝޯ ވެސް އެ ކްލަބަަށް ގެނެސްފަ އެވެ.

މީގެއިތުރުުން އެ ކްލަބަށް ވަނީ މިދިޔަ ހަފްތާތެރޭ އިނގިރޭސި ވިލާތުގެ ރިކޯޑު ފީއަކަށް އާޖެންޓީނާގެ ހުނަރުވެރި ވިންގަރ އެންހެލް ޑިމަރިޔާ ވެސް ގެނެސްފަ އެވެ.

ބްލިންޑް އަކީ މި ހޫނުމޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑަށް ގެނައި 6 ވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން އެ ކްލަބަށް ގެނެސްފައިވާ ކުޅުންތެރިންނަކީ ޑިމަރިޔާ، ޝޯ، ރޯހޯ، ހެރޭރާ އަދި ޒުވާން ކީޕަރު މިލިންކޮވިޗް އެވެ.

ވަގުތު އޮންލައިން

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *