ރޮނާލްޑޯ ޕޯޗުގަލްގެ ސްކޮޑުން ބާކީކޮށްފި

2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް އަންނަ މަހު ފަށާއިރު ޕޯޗުގަލްގެ ސްކޮޑުން އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުސަތު ނުދީ ބާކީ ކޮށްލައިފި އެވެ.

ޕޯޗުގަލްގެ ކޯޗު ޕައުލޯ ބެންޓޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕޯޗުގަލް ޓީމުގެ ސްކޮޑުން ރެއާލް މެޑްރިޑްގެ ތަރިއަށް ފުރުސަތު ދީފައިނުވަނީ އޭނާގެ ފިޓްނަސް މައްސަލަތަކާއި ހުރެ އެވެ.

އެގޮތުން މިދިޔަ ސީޒަނުގައި އާއި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ރޮނާލްޑޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެގެން އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ނަމަވެސް ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑާއި ކޯޑޯބާއާ ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ވަނީ 90 މިނެޓު ފުރިހަމަކޮށް މެޗު ނިމެން އުޅެނިކޮށް ގޯލެއް ވެސް ޖަހާފައެވެ.

ޔޫރޯ ކޮލިފިކޭޝަންގައި ޕޯޗުގަލް ކުޅޭ މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އަލްބޭނިއާ އާއި ދެކޮޅަށެވެ.

ޕޯޗުގަލް ސްކޮޑަށް މިފަހަރު ނެގި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ފަބިއޯ ކޮންޓްރާއޯ، ޕެޕޭ، ފެނަބާޗޭގެ މިޑްފީލްޑަރު ރައުލް މިއަރަލެސް، މޮނާކޯގެ މިޑްފީލްޑަރު ހާއޯ މޯޓިންހޯ، ސްޕޯޓިންގ ލިސްބަންގެ ފޯވާޑް ނާނީ ހިމެނެ އެވެ.

ވަގުތު އޮންލައިން

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *