ރަމަޟާން ވޮލީ މުބާރާތް މާދަމާރޭ ފެށެނީ

ނާލާފުށީ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަމަޟާން ވޮލީ މުބާރާތް މާދަމާރޭ ފެށޭނެއެވެ. މުޅިއެކު 5 ޓީމް ކުޅޭ މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ފައިނަލަށް ދާގޮތަށެވެ. ފައިނަލްގައި އިނދިކޮޅުން ވާދަކުރާ ޓީމް ހޮވުމަށް ލީގުއުސޫލުން ކުޅެވުނު މެޗް ތަކުން އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ 2ވަނަ އަދި 3ވަނަ ޓީމް ކުޅޭގޮތަށެވެ.

ކޮންމެ ރެއަކު 1 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު މެޗް ތަށް ފެށޭނެކަމަށް މައުލޫމާތު ލިބެނީ 21:45ގައެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *