ރަމަޟާން ވޮލީ މުބާރާތުގެ ތަށި ސްޕައިކާސް ވީސީ އިން ކާމިޔާބުކޮށްފި

ނާލާފުށީ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ރަމަޟާން ވޮލީ މުބާރާތުގެ ފައިނަލްމެޗް މިރޭ ވަނީ ކުޅެ ނިމިފައެވެ. 05 ޖޫން ގައި ފެށުނު މި މުބާރާތުގައި ކޮންމެ ރެއަކުވެސް އެއްމެޗް ކުޅެފައި ވެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް ކުޅެ ނިމި ސްޕައިކާރސް ވީސީ ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ގޮސްފައެވެ. އަދި ފައިނަލަށް ދިޔަ ދެވަނަ ޓީމް، އަލް ފަރީޤްލް ބަތަލް، ފައިނަލަށް ގޮސްފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމް، ޓީމް ޗިކާގޯ، ސެމީ ފައިނަލްގައި ބަލިކުރުމަށް ފަހުގައެވެ.

މިރޭ ކުޅެވުނު ފައިނަލްމެޗް ސްޕައިކާރސް ވީސީ އިން ވަނީ 3 ސެޓް 1 ސެޓުން އަލް ފަރީޤްލް ބަތަލް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ. 1 ގަޑީއިރާއި 23މިނަޓަށް ދެމިގެން ދިޔަ މި މެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ އަލް ފަރީޤްލް ބަތަލުންނެވެ. ނަމަވެސް ގެހިގެންއައި 3 ސެޓް ކާމިޔާބުކޮށްައިވަނީ ސްޕައިކާރސް ވީސީ އިންނެވެ. ނާލާފުށީ ކައުންސިލްގެ ރައީސް ހަސަން އަބްދުއް ރަހްމާން، ޝަރަފުވެރި ކޮށްދެއްވި މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސްޕައިކާރސް ވީސީގެ ޖާޒީ ނަންބަރު 5، އިހްސާން އަބްދުލް ވައްހާބް އެވެ.

މުބާރާތް ނިމުމަށްފަހު ވަނީ މުބާރާތުގައި ރެފްރީކަން ކޮށްދެއްވި މުލީ ޕޮލިސް ސްޓޭޝަންގެ ފަރާތްތަކަށް ސެޓްފިކެޓް ދީފައެވެ. މީގެ އިތުރުން މުބާރާތުގެ ގަދަ 6 ކުޅުންތެރިންނަށްވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ހަކުޅުންތެރިންނަކީ، ސްޕައިކާރސް ވީސީގެ އިހްސާން އަބްދުލް ވައްހާބް (5)، އަލީ މުސްތަފާ (10)، އަލް ފަރީޤްލް ބަތަލްގެ އަލީ ފުވާދު (12)، ޓީމް ޗިކާގޯގެ މައުރޫފް އަބްދުއް ސަމަދު (5)، ޕަރޕަލް ވިންގްސްގެ އަހްމަދު ޝިނާން (10) އަދި ކަރާފަނި ވީސީގެ އަލީ އަޝްރަފް (7) އެވެ. އަދި ހިންގާ ކޮމިޓީގެ އިނާމްތަކުގެ އިތުރުން ނާލާފުށި އޮންލައިންއިންވެސް ވަނީ ހާއްސަ އިނާމެއް ހުށައަޅައިފައެވެ. މިގޮތުން މުބާރާތުގެ އެންމެ ފޯރިގަދަ ސަޕޯޓެއް ދެއްވި ނާދިރާ އަށްވެސް ވަނީ އިނާމް ހަވާލްކޮށްފައެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *