ނާލާފުށީ ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުން ހުވައިކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށް، ނާލާފުށީ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވާ 3 މެންބަރުން ހުވައިކުރުމުގެ ހަފްލާ މިއަދު ބާއްވައި މެންބަރުން ހުވާކޮށްފިއެވެ. މި ދައުރަށް ކައުންސިލް ކަމަށް އިންތިހާބުވެފައިވަނީ ޙަސަން ޢަބްދުއްރަޙްމާން އާއި، މުޙައްމަދު ނަސީމް އާއި އަދި އަޙްމަދު ސަޢީދު އެވެ. މިއަދު ހެނދުނު 11:00 ގައި ނާލާފުށީ ޕްރީ ސްކޫލްގައި ކުރިއަށްދިޔަ މި ހަފްލާގައި ހުވައި ލާދެއްވާފައިވަނީ މީމު އަތޮޅު މެޖިސްޓްރޭޓް އަޙްމަދު ޝަރީފް އެވެ.

އަދި މީގެ އިތުރުން މިއަދު ވަނީ ކައުންސިލްގެ ފުރަތަމަ ޖަލްސާވެސް ކުރިއަށް ގެންގޮއްސައެވެ. މިގޮތުން މި ޖަލްސާގައި ވަނީ ކައުންސިލްގ ރައީސް އާއި ނައިބް ރައީސްވެސް އައްޔަން ކޮށްފައެވެ. މިހާރު ނާލާފުށީ ކައުންސިލްގެ ރައީސް އަކީ ޙަސަން ޢަބްދުއް ރަހްމާން އެވެ. އަދި ނައިބް ރައީސް އަކީ އަޙްމަދު ސައީދު އެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *