ނާލާފުށީ ރަށްޔިތުންނަށް ރަމަޟާން މަހުގެ ކަރަންޓްބިލްގެ ދެބައިކުޅަ އެއްބައި ކައުންސިލުން

މިއަދު ނާލާފުށީ ކައުންސިލުން ރަށުގެ އެންމެހާ ގޭގެއަށް ފޮނުވާފައިވާ ލިއުމުގައި ވާގޮތުން، ‘އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ކައުންސިލުން ރަމަޟާންމަހަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ކަރަންޓް ބޭނުން ކުރާތަންތަން ފިޔަވައި މީހުން ދިރިއުޅޭ ގޭގޭގެ ޖޫންމަހުގެ ކަރަންޓް ބިލުގެ ½ އަށްވާ ފައިސާ ދިނުމަށް 21 ޖޫން 2017 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 04ވަނަ އާއްމު ބައްދަލުވުމުން ނިންމާފައިވާ ވާހަކަ އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ފައިސާ ނަގަން ދުރުވަންޖެހޭ ތާރީޚެއް ފަހުން އަންގާނެ ވާހަކަވެސް ދެންނެވީމެވެ.’

ނާލާފުށި އޮންލައިންއަށް މައުލޫމާތުލިބޭ ގޮތުގައި މިއަހަރުގެ ކަރަންޓްބިލްގެ ½ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ކަރަންޓް ބިލް ހިފައިގެން އައުމުން، ކައުންސިލް އިދާރާއިންނެވެ. އަދި ފެނަކަ އަށް ކަރަންޓްބިލް ބަލައިގަންނާނީ ބިލްގެ ޖުމްލަ އަދަދަށެވެ.

ކަމުގޮސްފާނެ އެހެނިހެން ލިޔުންތައް

Leave a Reply

އީމެއިލް އެޑްރެސް ޝާއިޢު ނުކުރެވޭނެއެވެ. ކޮނެެމެހެން ބޭނުން ތަންތަން ފާހަގަކުރެވިފައި *